ސްކޭޓް ކުރަން ކުޅަދާނަ ޒުވާނުން ތަކެއް ތިބި ބ.ގޮއިދޫގައިތަރައްގީ ކުރާ ސްކޭޓް ޕާކް ނިމެނީ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ގޮއިދޫގައި ސްކޭޓް ކުރާ ޕާކެއް އަޅަން ނިންމީ 2018 ވަނަ އަހަރު އެޕްރީލް މަހު ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ )ގެ އަހަރީ އާންމު ޖަލްސާ އިންނެވެ. އެ ޖަލްސާއަށް ފަހު އެ ކޮމިޓީން ވަނީ އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކުގެ ބިންގާ ވެސް އަޅާފައެވެ.
ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ފަރާތުން އެ ރަށުގައި ސްކޭޓު ޕާކެއް އެޅުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރަދާސް މޯލްޑްވިސް އާއި އެ މަސައްކަތް ހަވާލުކޮށްފައެވެ.
އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.