ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކޮށްފި

dollar1_reuters_0.jpeg

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ މިންވަރު މަދުކޮށްފިއެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރަނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށެވެ. ރާއްޖޭން ބޭރަށް ފުރާ މީހުންނާއި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުން ޑޮލަރު ހޯދަނީ ބޭންކުތައް މެދުވެރިކޮށެވެ.

ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ވިޔަފާރިވެރިންނަށް ވަކި މިންވަރަކަށް ޑޮލަރު ވިއްކައެވެ. ނަމަވެސް، ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރަނީ ބީއެމްއެލުންނެވެ. އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކުރުމާ ގުޅިގެން ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބީއެމްއެލުން ވަނީ ހަރުކަށިކޮށްފައެވެ.

ބޭރުގައި ތިބި ދަރިވަރުންނަށް ފައިސާ ފޮނުވަން ނުވަތަ ޓީޓީ ހެދުމަށް މީގެފަހުން ޑޮލަރު ދޫކުރާނީ، އޭލެވެލްއިން ފެށިގެން މަތީ ފެންވަރުގެ ކޯސްތަކުގައި ކިޔަވާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންކަމުން، އޭލެވަލް އިން ދަށުގެ ކުދިންނަށް ފައިސާ ފޮނުވާނަމަ، މިހާރު ފޮނުވަން ބޭނުންވާ ފައިސާ ޑޮލަރުން ބޭންކުތަކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ފޯރުކޮށްދެމުން ދިޔައިރު، ބޭރުގައި ކިޔަވާ ހުރިހާ ފަރާތްތަކަށް ވެސް ރުފިޔާ އިން ޓީޓީ ހެދެެއެވެ.

މި ބަދަލުގެ ސަބަބުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top