ސިމްކާޑު ވިއްކާ އުސޫލު ހަރުކަށި ކޮށްފި

img_md_202209181142591663526579.5194.jpg

މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެކަން މިއަދު އިއުލާނު ކޮށްފި އެވެ.

މިއީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއް ކަމުގައި ކޭމްއިން ބުންޏެވެ.

މި ފިޔަވަޅުތަކާއެކު، ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގަ އެވެ. ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުންނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލް، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ލިބޭނެ ކަމަށްވެސް ކޭމް އިން ބުނެފައިވެއެވެ.

ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޭމް އިން ބުނެ އެެވެ.

ސިމް ކާޑު ބޭނުންކޮށްގެން ސްކޭމް ކުރުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ކުރަމުންދާއިރު، ފަސް ބިދޭސީއަކު ކޮންމެ މީހަކު އެވަރެޖްކޮށް 5،000 ސިމް ގަނެފައިވާ ކަމަށްވެސް ދާދިފަހުން ފުލުހުން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top