ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
އެކުންފުނިން ބުނީ އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖުމްލަ 490 މީޓަރުގެ 7 ބްރޭކްވޯޓާ އަދި 96 މީޓާރުގެ ރިވެޓްމެންޓު ޖެހުމާއި އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއުގެ އަގަކީ 22.14 މިލިއަން ރުފިޔާ އެވެ.