”މަނިކޭމަގޭ ހިތޭ“ އިން މަޝްހޫރު ކަން ހޯދި ސްރީލަނކާގެ ޒުވާން ލަވަކިޔުން ތެރިޔާ، ޔޮހާނީ ޑިސިލްވާ ބައިސްކޯފް އިން އިންތިޒާމު ކުރާ “ޗަނާޗާ 2022” ގައި ޕާފޯމްކުރުމަށް ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.
ބައިސްކޯފް އިން ބުނެފައިވާ ގޮތުގައި “ޗަނާޗާ 2022″ގައި އޭނާ ޕާފޯމް ކުރާނެއެވެ.
އެކަން އިއުލާނު ކުރަމުން ބައިސްކޯފް އިން ވަނީ ޔޮހާނީ ކިޔާފައިވާ ”މަނިކޭ މަގޭ ހިތޭ“ގެ ހިންދީ ވާޝަން ލަވައިގެ ވީޑިއޯ އެއްވެސް ހިއްސާ ކޮށްފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔޮހާނީ ޔޫޓިއުބުގައި އާއްމުކުރި “މަނިކޭ މަގޭ ހިތޭ” ލަވައިން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. މިހާތަނަށް 227 މިލިއަން ވިއުސް އެ ލަވައަށް ޔޫޓިއުބުން އެކަނި ލިބިފައިވެއެވެ.
Are you ready for Chanaachaa 2022? Yohani is!
Get your tickets for 28th October! @yohanimusic #chanaachaa2022 #biggestlocalmusiccelebration pic.twitter.com/fBuaP9VIKh— Baiskoafu (@baiskoafu) October 11, 2022
ޗަނާޗާ ޕްރޮގްރާމަކީ ދިވެހި ފަންނާނުންގެ އުފެއްދުންތައް ކުރިއަރުވައި، އެ ފަންނާނުންގެ ހުނަރު ދައްކާލުމުގެ ނިޔަތުގައި ބައިސްކޯފް އިން އިންތިޒާމްކޮށްގެން ބާއްވަން ތައްޔާރު ވަމުން އަންނަ ޝޯ އެކެވެ.
މި ޝޯ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ހުޅުމާލެ ޓްރެކް ދަނޑުގައި ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.
ހަވީރުގެ ޝޯއަށް ހިލޭ ވަދެވޭއިރު ރޭގަނޑު ޝޯއަށް ވަދެވެނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. އެ ޝޯގެ ޓިކެޓް ބައިސްކޯފުން މިހާރު އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް އެ ޓިކެޓް ގަނެވޭނެއެވެ.