ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ހެދި ފަތާ ސަރަހައްދު ފުން ކޮށްފި އެވެ. މިމަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ.
41.1 މިލިޔަން ރުފިޔާގެ މި މަޝްރޫއު ގެ އަދާހަމަ ދެމުން ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގައި، ފަތާ ސަރަހައްދެއް ކޮނުމަށް ހަމަޖެހިފައިވެ އެވެ. އަދި 803 މީޓަރު ބޭރުތޮށި ލުމާއި، 110 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.