ކިހާދޫ ބަނދަރު ހެދުމަށް ކޯސްޓްލައިންއާ ވާހަކަދައްކަނީ

1-800x450-800x450.jpg

ކިހާދޫ ބަނދަރުގެ އެއްގަމުތޮށި އަރިއަޅާލައި މޫދަށްވެއްޓެނީ. / އީވީ ފައިލް ފޮޓޯ

ބ. ކިހާދޫ ބަނދަރުގެ އެއްގަމުތޮށިން ހަލާކުވެފައިވާ ބައި މަރާމާތުކުރެވޭނެ ގޮތަކާމެދު ކޯސްޓްލައިން އިންވެސްޓްމަންޓާއި، ވާހަކަ ދަައްކަމުން އަންނަކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ އެރަށުގައި ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކޯސްޓްލައިނާއެކު މަޝްވަރާކުރެވެމުން ދަނީ އެރަށުގައި ކޯސްޓްލައިން އިން ބޭނުން ކުރާ ހެވީ ވެހިކަލްތައް ބޭނުންކޮށްގެން ކިހާދޫ ބަނދަރު ފުންކޮށް އެއްގަމުތޮށި ހެދުމާ ބެހޭގޮތުން ކަމަށެވެ.

ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ކޯސްޓްލައިން އިން މިކަން ކޮށްދިނުމާމެދު ފެހި ސިގްނަލް ދީފައިވާކަމަށާ، ނަމަވެސް މަސައްކަތްކުރާނެ ގޮތެއް އަދި ކަނޑަނޭޅޭކަމަށެވެ. އޭނާ ވިދާޅުވީ އެމަސައްކަތް ކުރެވޭވަރުވާނީ ކޯސްޓްލައިންގެ ޓްރޭނިންގް ސެންޓަރުގެ މަސައްކަތް ނިމުމުންނެވެ.

“ކޯސްޓްލައިނުން ބުނޭ މިކަން ކޮށްދޭނަމޭ. މިހާރު އެމީހުން އެގެންދަނީ ޓްރޭނިންގް ސެންޓަރު މަސައްކަތް ނިންމަމުން. އެންމެ ފުރަތަމަ މިރަށަށް އައި ދުވަހުވެސް ބުނީ ބަނދަރު ހަދާދީފައޭ ދާނީ. އެހެންވީމާ، ވަރަށް އުއްމީދު އެބައޮތް މިކަން ވާނެކަމުގެ” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިވަގުތު ބަނދަރުގެ ހާލަތު ވަރަށް ގޯސްކަމަށާ، ލަފާފުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވަމުންދާކަމަށެވެ.

“ވަރަށް ދަތި ވަރަށް ދަތި، މިހާރު ބަނދަރުގެ އެއްގަމުތޮށި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. ވެލި ފައިބަ ފައިބާ ފަޅު އެއްކޮށް ތިލަވެފަ އިނގޭތޯ މިހާރު މިއޮތީ”

ކިހާދޫ ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކިހާދޫ ރައްޔިތުންނާއި، ސަރުކާރުގެ އެހީއާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަދާފައިވާ ބަދަރެކެވެ. ބަނދަރު ހެދިތާ ގިނަ ދުވަސްތަކެއް ނުވެ 2004 ވަނައަހަރު މުޅިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކިހާދޫ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top