ތޮށިގަނޑު ހަޑިކޮށް ހުންނަ ބިސް ވިއްކުން މަނާކޮށްފި

IMG_6724-e1497051707264.jpg

ބޭރު ތޮށި ހަޑިވެ ނުސާފުވެ ނަޖިސް އުނގުޅިފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުން ހެލްތް މިނިސްޓްރީން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ބޭރުތޮށި ނުސާފުކޮށް ހުންނަ ބިސް ވިއްކަމުން އަންނަ ކަމަށާއި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑު ކަމުގައިވާ ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ކަމަުގައެވެ.

މީގެ އިތުރުން އެއިއުލާނުގައި ބުނެފައިވަނީ ދިގު މުއްދަތު ޖަހައިގެން ޓްރީޓްމެންޓް ނުދީ ފިނި ނުކޮށް ހުންނަ ކުކުޅުބިސް ވިއްކަމުންދާ ކަމަށާއި ޕްރޮސަސް ނުވަތަ ޓްރީޓް ނުކޮށް ތާޒާ ކުކުޅުބިސް އޭގެ އަސްލު ނުގެއްލޭ ގޮތަށް ފިނިކޮށް (5°C އަށްވުރެ ދަށުގައި) ރައްކާކުރެވޭ މުއްދަތަކީ ތިން ހަފުތާއާއި ފަސް ހަފުތާއާ ދެމެދު ކަމަށެވެ. އަދި އެއަށް ވުރެ ދިގުމުއްދަތަށް ފެންވަރަށް ބަދަލެއް ނާންނަގޮތަށް ބެހެއްޓޭނީ އިތުރު ޓްރީޓްމެންޓެއް ދީގެން ކަމަށެވެ.

އެހެންވީމާ އަންނަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ކުކުޅު ބިހުގެ މުއްދަތު ހަމަވާ ތާރީހު ފަސް ހަފްތާއަށްވުރެ ދިގުނަމަ، ދުވަސްހަމަވާ މުއްދަތު ދިގު ކުރުމަށްޓަކައި ކޮށްފައިވާކަމެއް ބަޔާންކުރާ، އެ ގައުމެއްގެ ފުޑް ސޭފްޓީ އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top