2004ވަނައަހަރުގެ މިސްޔުނިވަރސްގެ މަގާމު ހޯދާފައިވާ އޮސްޓްރޭލިއާގެ މޮޑެލް އަދި ޓީވީ ޕްރެސެންޓަރ ޖެނިފާ ހޮވްކިންސް ބ. އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓުގައި ޗުުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އޭނާއާއެކު ފިރިމީހާ ޖޭކްވޯލްވެސް އަމިއްލަފުށްޓަށް އައިސްއުޅޭކަމުގެ މައުލޫމާތުލިބިފައިވެއެވެ.
ޖެނިފާ ރާއްޖެއައިސްފައިވަނީ އޭނާގެ 32ވަނަ އުފަންދުވަސް ފާހަގަކުރަންކަމުގައި ޚަބަރުތައް ބުނަމުން ދާއިރު 2013ވަނަ އަހަރު އެދެމަފިރިންގެ ހަނީމޫންގެ ދުވަސްތައް ހޭދަކޮށްފައިވަނީވެސް ރާއްޖޭގައެވެ.
މި މަހު 22ގައި 32އަހަރުފުރޭ ޖެނިފާ ވަނީ އިންސްޓަގްރާމްގައި އަމިއްލަފުށިރިސޯޓުގެ ބައެއް މަންޒަރުތައް ޕޯސްޓްކޮށްފައެވެ.