އޭދަފުށީގައި ކުޅެވެމުންދާ ބ.އަތޮޅު ފުޓްބޯލް ޗެލެންޖްކަޕްގެ ފައިނަލަށް ދެއަވަށްޓެރިން ކަމުގައިވާ ގޮއިދޫއާއި ފެހެންދޫ ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ މިދިޔައަހަރުގެ ވެސް ޗެމްޕިއަންކަމުގައިވާ ގޮއިދޫ، މިއަހަރު ފައިނަލަށް އައިސްފައިވަނީ ގްރޫޕްގައި ހިމެނޭ ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް އައިސް ސެމީ ފައިނަލުގައި ކުޑަރިލާކުޅެ މޮޅުވެގެންނެވެ.
ފުޅަދޫ ފައިނަލަށް އައިސްފައިވަނީ ގްރޫޕްބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މުބާރާތުގެ ފައިނަލް މެޗްއޮންނާނީ ބުދަދުވަހު ހަވީރު އޭދަފުށީގެ ރަސްމީ ބޯޅަދަނޑުގައެވެ.
މި މުބާރާތަކީ އޭދަފުށީގެ “ޔޫސްޕޯޓްސް ” ފިހާރައިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް އޭދަފުށީގައި ބާއްވަމުން އަންނަ އަތޮޅުގެ ރަށްތަކުގެ ތަރުހީބު ލިބިފައިވާ މުބާރާތެކެވެ. އެގޮތުން މިއަހަރުވެސް މުބާރާތުގައި 8 ޓީމު ބައިވެރިވެފައި ވެއެވެ.
ބ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި މޮޅުކުޅުންތެރިންތަކެއް އުދެއްދުމުގެ މަގުސަދުގައި މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 4ވަނަ އަހަރެވެ.