”އަންހެނުންގެ ކޮމިޓީތައް ގާނޫނީ ވަކި ޝަޚްސަކަށް ހަދަންޖެހޭ“

ޕޕޕ.jpg

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ނުވަތަ ޑަބްލިޔުޑީސީ ތައް ގާނޫނީ ވަކި ޝަޚްސަކަށް ހަދަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރ.މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. 

އިއްޔެ އާދަމް ޝަރީޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑަބްލިޔުޑީސީ ބާރުވެރިކަން ލިބޭނީ މުސްތަގިއްލު ކަމާއެކު ހަރަކާތްތައް ހިންގޭނެ ނިޒާމެއް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދީގެން ކަމަށެެވެ.

“މޮހޮނަށް އޮޑި ދިން ހެން” އާރެއް ބާރެއް ނެތް ގޮތަށް ޑަބްލިޔުޑީސީ އަށް ބަޖެޓްގެ 5 ޕަސެންޓް ދީގެން ނަތީޖާ ނެރެން ދަތިވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.

ލާމަރުކަޒީ ނިޒާމް ހިންގުމުގައި ޑަބްލިޔުޑީސީ އަށްވަނީ މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައއި ރަަށުގެ ތަރައްގީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ރަށު ކައުންސިލަށް ލަފާދިނުމާއި އާމްދަނީހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުމާއި އަންހެނުން އިތުރަށް ބާރުވެރި ކުރުވުމުގެ ގޮތުން މަސައްކަތް ކުރުން ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top