ބ.ދަރަވަންދޫ ހަ ޅެންވެރިން އުފައްދާފައިވާ މަދަހަ އަލްބަމެއް ޕީއެސްއެމް އަށް ހަދިޔާ ކޮށްފިއެވެ.
ދަރަވަންދޫ ޅެންވެރިންގެ ގުލްޒާރުގެ ނަމުގައި ތައްޔާރުކޮށްފައިވާ މި މަދަހަ އަލްބަމް، ޕީއެސްއެމް އަށް ހަދިޔާ ކޮށްދެއްވީ ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހެވެ.
12 މަދަހަ ހިމެނޭ މި އަލްބަމްގެ މަދަހަތައް ކިޔުއްވާފައިވަނީ އެރަށުގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު މުސްތަފާ އާއި ނާފިޒާ އަބްދުﷲ އެވެ.
ޕީއެސްއެމް އާ ވާހަކަ ދައްކަމުން މުސްތަފާ ބުނީ މަދަހަ އަލްބަމެއް ނެރުމުގެ ބޭނުމަކީ ދަރަވަންދުއަކީ ގިނަ ޅެންވެރިންތަކެއް އުފެދިފައިވާ ރަށަކަށް ވާތީއާއި މިހާރުވެސް މޮޅު ޅެންވެރިންތަކެއް އުފެދެމުން އަންނާތީއާއެކު އެމީހުންގެ މި އަގުހުރި މަސައްކަތްތައް ރައްޔިތުންނަށް އަޑު އިއްވުން ކަމަށެވެ.
މި މަދަހަތައް ހައްދަވާފައިވާ އަބްދުﷲ މުއާޒް ޔޫސުފްގެ ބައްޕައަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ޝާއިރުންގެ ތެރޭގައި ގުނާލެވޭ ދަރަވަންދޫ ޔޫސުފް އަލިފުޅެވެ. އެހެންކަމުން ބައްޕަގެ ފަރާތުން ވާރުތަ ވެފައިވާ ޝާއިރެކެވެ. މޮޅު ޅެންތަކެއް އުފައްދާފައިވެ އެވެ. ސްކޫލް ދަރިވަރުންނަށް މަދަހައާއި ޅެން ތައްޔާރުކޮށްދެއެވެ.
ދަރަވަންދޫގެ ޅެންވެރިން ތައްޔާރުކޮށްފައިވާ މި މަދަހަ އަލްބަމްގެ މަދަހަތައް ހަމައެކަނި ފެންނާނީ ޕީއެސްއެމްގެ ޗެނަލް ތަކުންނެވެ.