ބ.ކަމަދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ގޮތުން ދަނޑުގެ ސަބް ބޭސްގެ މަސައްކަތް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ )އާއި ހަވާލުކޮށްފި އެވެ.
އެ މަސައްކަތް އެ ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. އާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސޫ އަލީ މަނިކު (މޫކޭ) އެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިޔުނިޓީ އެންޕަވަމަންޓް އިން މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.5 މިލިއަން ރުފިޔާއަށެވެ.