އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕލްިކޭޝަން ގެ ހިދުމަތް މެދުކެނޑިްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ވަގުތު އެ ބޭންކުން ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާ، ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ބޭންކުން ބުނެއެވެ.
Due to a technical issue with our service provider, customers are facing intermittent interruptions to our services. Please note that we are working to resolve the issue at the earliest. Thank you for your patience.
— Bank of Maldives (@bankofmaldives) March 30, 2022
މި މަސައްކަތުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާތީވެ ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
މި ވަގުތު މޯބައިލް އެޕލްިކޭޝަން މެދުވެރިކޮށް ބޭންކްގެ ބެލެންސް ބެލުމުން، ފެންނަނީ ޒީރޯ ބެލެންސް އަރާފައި ހުންނަ ތަނެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެއްވެސް ޓްރާންސެކްޝަނެއް ނުހިންގެ އެވެ.
މީގެ ހަތަރު މަސް ކުރިން ވެސް ބޭންކްގެ ބައެއް ހިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިވިއެވެ. އޭރު އެ މައްސަލަ ދީމާވީ، ބޭންކުގެ ހިދުމަތްތައް ރަނގަޅު ކުރުމަށާއި، ސިސްޓަމްތަކުގެ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާތީ ކަމަށް އެބޭންކުން ބުންޏެވެ.