އޭދަފުށީގެ ފުޓްބޯޅަ ސްޓޭޑިއަމްގައި ލައިޓް ސިސްޓަމް ގާއިމް ކޮށްފި

stadium.jpg

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމް

އޭދަފުށީގެ މަހުޖަނު އަހްމަދު ނަޒީރުގެ އަމިއްލަ ހަަރަދުގައި އޭދަފުށީގައި އަޅުއްވައިދެއްވި އިންޓަނެޝަނަލް ފުޓްބޯޅަ ދަނޑުގެ ލައިޓް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ނިންމައިފި އެވެ.

ދަނޑު ދިއްލުމަށް ބޭނުންވާ މި ލައިޓް ސިސްޓަމް ގާއިމުކޮށް ނިންމާފައިވަނީ ދަނޑު ދިއްލުމަށް ބޭނުންވާ ކަރަންޓު ސީދާ އެތަނުން ލިބޭ ގޮތަށް ދަނޑަށް ކަރަންޓް ދެވޭނެ ޖަނަރޭޓަރު ސިސްޓަމަކާވެސް އެކުގައެވެ.

އޭދަފުށީ ކައުންސިލުން ބުނީ ލައިޓް ސިސްޓަމް ގާއިމް އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ލައިޓް ސިސްޓަމް ގާއިމުކޮށް މިހާރު ނިމިފައިވާއިރު ރޯދަމަހު ރޭގަނޑު ޓީމުތަކުން ޕްރެކްޓިސް ކުރުމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top