ރޯދަމަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ފަހު ގަޑިއަކީ ދަންވަރު 1

Fasmugoo1.jpg

އޭދަފުށި ފަސްމުގޫ ފިހާރަ

ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ފަހު ގަޑިއަކީ ދަންވަރު 1:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ރަމަޟާންމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30އިން މެންދަމު 1:00 އަށްކަމަށެވެ.

މި މުއްދަތުގައި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ގޮތަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ 2ވަނަ ދުވަހެވެ. މީގެކުރިންވެސް ރަމަޟާން މަހާއި ދިމާކޮށް ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވާ ޚާއްސަ ވަގުތުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top