މިފްކޯގެ އުފެއްދުންތަކުގެ އަގަށް ބަދަލު ގެންނަނީ

268456514_2960092600910833_1143966259005791760_n.jpg

ރައީސް ސޯލިހު އަދި މިފްކޯގެ ސީއީއޯ ފައުޒީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އުފެއްދުންތަކުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް، މިފްކޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ފައުޒީ މިއަދު ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތް ގޮތުން މަހުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން މިފްކޯގެ ހިންގުމުގެ ހަރަދުގެ 70 ޕަސެންޓް ހަރަދުކުރަން ޖެހެނީ ތެލަށް ކަމަށްވާ އިރު، ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން، ތެލުގެ ބާޒާރަށްވެސް ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

”ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް، މަހުގެ ވިޔަފާރީގައި އުފައްދާ ޕްރޮޑަކްޓުތަކަށްވެސް އަންނާނެ ކަމަށް މި ބަލަނީ،“ ފައުޒީ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top