އެމްފައިސާއިން ވައިބާ މެދުވެރިކޮށް ފައިސާދެއްކޭ ގޮތް ހަދައިފި

EED5F21A-DDE2-4E2B-82E0-E59D29C364A7-850x548.jpeg

އެމްފައިސާއިން ވައިބާ މެދުވެރިކޮށް ވައިބާއިން ފައިސާދެއްކޭ ގޮތް އުރީދޫން ހަދައިފި އެވެ.

ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރއާ އެކު ޕާޓްނަރވެ، އުރީދޫން ވައިބަރ މެދުވެރިކޮށް އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހެދުމާއެކު ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައް ފަދަ ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރާއި ފަސޭހަކަމާ އެކު ފައިސާ ޓްރާންސްފަރ ކުރެވޭނެއެވެ.

ވައިބާ މެދުވެރިކޮށް އެމް-ފައިސާއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝް ބެކެއް ލިބޭނެކަމަށް އެކުންފުނިން ބުނެ އެވެ. މި އޮފަރ ލިބިގެންދާނީ ސުލްވަރި ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުންގެ ތެރެއިން މި މަހުގެ ތެރޭގައި މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކޮށްފައިވާ ކަސްޓަމަރުންނަށެވެ.

މި ހިދުމަތާ އެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތު ހިއްސާ ނުކޮށް، އިތުބާރާއެކު ފައިސާގެ މުއާމަލާތް ކުރުމަށް މަގު ފަހިވެގެންދެއެވެ.

ވައިބަރ މެދުވެރިކޮށް އެމް-ފައިސާއިން ކާމިޔާބުކަމާ އެކު ޓްރާންސްފަރއެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތަށް ވެސް ވަގުތުން ކޮންފަމޭޝަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވައިލުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އަދި އެއް ޕްލެޓްފޯރމެއްގެ ތެރެއިން ފައިސާ ފޮނުވާ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަލް ފައިނޭޝަލް ޕްލެޓްފޯމް ތަކަށްކަސްޓަމަރުން އަހުލުވެރިކުރުވުމަށް ވެސް ބާރުއެޅޭކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އެ ކުންފުނީގެ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ ވައިބައިން ފޮނުވާ މެސެޖުތަކަކީ އެންކްރިޕްޓް މެސެޖުތަކެއް ކަމުން ޑޭޓާ ރައްކާ ކޮށްފައި ނުހުންނާނެ ކަމަށެވެ. އެހެންވެ، ހާސްކަމެއް ނެތި އެ އެޕް މެދުވެރިކޮށް އެމްފައިސާއިން ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވައިބާ ޗެޓް ހުޅުވައިލުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރު ކުރެވޭނެއެވެ. އެއަށް ފަހު އެމްފައިސާ އެކައުންޓަށް ލޮގިންވެ، ފައިސާ ފޮނުވަން ސެލެކްޓްކޮށް ފައިސާ ފޮނުވަން ބޭނުންވާ މީހާގެ ނަންބަރާއި ފައިސާގެ އަދަދު ޖަހައި “ޝެއާ ރިސީޓް” ސެލެކްޓް ކުރުމުން ފައިސާ ފޮނުވައި ރަސީދު ވެސް އަމިއްލައަށް ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top