އޭދަފުށީގައި ކޮވިޑްގެ ޕޮޒިޓިވް ރޭޓް ދަށް ނުވަނީސް ރަށު ބަންދުން ވީއްލައިފި

IMG_20210218_164004037.jpg

އޭދަފުށި ބަނދަރު މަތި

އޭދަފުށީގައި ކޮވިޑްގެ ބަލިކަން ބޮޑުވެ މޮނިޓަރިން އަށް ލާފައިވަނިކޮށް ކޮވިޑްގެ ހާލަތު ބަދަލު ނުވަނީސް މިއަދު ރަށުބަންދުން ވީއްލައިފިއެވެ. ކޮވިޑްގެ ހާލަތުގޯސްވުމުން އޭދަފުށި އެންމެފަހުން މޮނިޓަރިންގަށް ލާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ.

އެޗްޕީއޭ އިން އޭދަފުށި މޮނިޓަރިންގ އުވާލިކަން އެންގި ލިޔުމުގައި ބުނެފައިވަނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ގާނޫނު ނަންބަރު 2012/7 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޭދަފުށީ ކައުންސިލުން ހާމަކުރާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އޭދަފުށިން އަލަށް 9 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އިއްޔެގެ ނިޔަލަށް އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ އަދަދަކީ 77 އެވެ.

އޭދަފުށި ރަށު ބަންދުން ވީއްލި ކަމަށްވިޔަސް ރަށްރަށުގައި ކޮވިޑް ގެ ކޭސްތައް ދަނީ އިތުރުވަމުން ކަން ފާހަގަކުރެވެ އެވެ. އެގޮތުން މިހާރުވެސް އެޗްޕީއޭގެ ބަންދުގައި 40 ރަށް އެބައޮތެވެ.

މުޅިރާއްޖެއަށް ބަލާއިރު އިއްޔެގެ ނިޔަލަށް 1،589 މީހަކު އަލަށް ކޮވިޑަށް ފައްސިވިއެވެ. އެއީ ޓެސްޓް ކުރި 5،617 ސާމްޕަލްގެ ތެރެއިންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top