ކުރީގެ ބަޔާންތަކުން ހާސިލުވީ ކިހާވަރެއްތޯ؟- އެމްޕީ ޝިޔާމް

big_0Ds2K6Q2I3ZFFHxL5Lx30mHs8.jpg

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

މީގެ ކުރިން އިއްވި ރިޔަށީ ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާވަރަކަށްތޯއާއި ރީތި ޢިބާރާތުން ލިޔެ ބަޔާނެއް އިއްވިދާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމްފާޑު ވިދާޅުވެއްޖެ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ ކަމަށާއި ކޮނޑުހުޅު ދާ ވަރަށް ޕާޓީގެ މެންބަރުންނަށް އަތްވެސް ޖެހިދާނެ ކަމަށެވެ. މީގެ ކުރީން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާވަރަކަށްތޯ. ގައުމުގެ ދަރަނި 100 ބިލިއަން ކަނޑައްތު ކޮށްފި. ތިން އަހަރުތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި،” ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް، ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު އެމްޑީޕީގެ މެންބަރުން ގެންދެވީ ދޭތެރެ ދޭތެރެއިން އަތް ޖައްސަވަމުންނެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެންދެވީ ވަރަށް ބާރަށް އަތްޖައްސަވާ ރައީސަށް ތަައުރީފު ކުރައްވަމުންނެވެ.

56މިނިޓުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ވަރަށް ގިނަ ކަންކަން ކުރައްވާނެކަމަށް އިއުލާނު ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އިއުލާނު ކުރެއްވިއެވެ. އަދި ސްޓޫޑެންޓް ލޯނަށް ހޯމަ ދުވަހު ހުޅުވާލަން ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެކަމަށާއި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top