ކަނޑު ގަދަވެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަަދަވެ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ވައިޓްް އެލާޓް ނެރެފައިވާއިރު ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވެ ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިރޭ ދަންވަރު 2:00 އާއި ހަމައަށެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު މެޓް އޮފީހުން ބުނެފައި ވަނީ އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top