”ޓިވެކް“ގެ 5 ވަނަ ބެޗަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ބ.ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގެ 5 ވަނަ ބެޗަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުމުރުން 16 އަހަރު ފުރި ކީ ސްޓޭޖް 2 ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް ކޯސްތަކުގައި ބައިވެރި ވެވޭނެ ކަމަށް ޓިވެކުން މައުލޫމާތު ދެއެވެ. ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހެވެ.

ޓިވެކުން މިފަހަރު ފަށަނީ ޑީސަލާއި ޕެޓްރޯލް އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯސްތަކެކެވެ. މި ކޯސް ތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯސްތަކެކެވެ. މިމަރުކަޒުން ހިންގާ ތަމްރީނު ޕްރޮގްރާމް ތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ބެޗަކުން ވެސް 50 ޖާގަ އެވެ.

މި މަރުކަޒުން ދަރިވަރުންގެ އަތުންއެއްވެސް ފީއެއް ނުނަގައެވެ.

ކޯހުގައި ބައިވެރިވުމަށާ އިތުރު މައުލޫމާތު ހޯދުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރގެ (ޓިވެކް) ފޯނު ނަންބަރު 6601409 ނުވަތަ 7434324 ގުޅުމުންސާފުވާނެއެވެ.

2018 ވަނަ އަހަރުން ފެށިގެނަ ވުޖޫދަށް އައިސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އަކީ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top