ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ދެމުން އަންނަ އިނާޔަތް، މިމަހުން ފެށިގެން ބޮޑުވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހާމަކޮށްފިއެވެ.
އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ދޭ އިނާޔަތް މި އަހަރުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމާފައިވަނީ ރައީސް ސޯލިހު ތ. ކިނބިދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ބައްދަލުވުމެއްގައި އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންގެ ކަންބޮޑުވުން ތަކަށް ރިއާޔަތް ކުރެއްވުމަށް ފަހުއެވެ.
ބޮޑުކުރި އިނާޔަތާއެކު ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސަށް ލިބިވަޑައިގަންނަވާނީ 7000 ރުފިޔާއެވެ. ސިޓީތަކުގެ, ނާއިބު ރައީސަކަށް 6500 ، ކޮމިޓީގެ މެންބަރަކަށް 6000 ރުފިޔާ ލިބޭނެއެވެ. ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސަށް 6000 ރުފިޔާ، ނާއިބު ރައީސަށް 5500 ރުފިޔާ، ކޮމިޓީގެ މެންބަރަކަށް 5000 ރުފިޔާ މިމަހުން ފެށިގެން ލިބޭނެއެވެ.