ރާއްޖޭގެ ރަސްމީ ރިޒާވް ދަށަށް!

WH1YJT5Y2WEAjHjhHLalVC6aCrFxZM0aI4kIUDNQ.jpg

ރާއްޖޭގެ ޖުމްލަ ރިޒާވް 791 މިލިއަން ޑޮލަރަށް ދަށް ވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންބުނެފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި 2021 ވަނަ އަހަރު ފެށުނު އިރު، ރާއްޖޭގެ ރިޒާވްގައި ހުރީ 830.65 މިލިއަން ޑޮލަރެވެ. އަދި ސެޕްޓެމްބަރު މަހުގައި ރަސްމީ ރިޒާވް 1.02 ބިލިއަން ޑޮލަރަށް އިތުރުވެސްވިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 791 ޑޮލަރަށް ދަށްވެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވް އަށެއް އިންސައްތަ އިތުރުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރީ 844.7 މިލިއަން ޑޮލަރުގައެވެ.

އެމްއެމްއޭ އިން ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top