ހަލާލު ނޫން މާއްދާއެއް ހިމެނޭ ސޯސް އެއް ވިއްކުން ހުއްޓާލައިފި

kjkjjk.jpg

މަޝްހޫރު އެމްޔޫ ސްޓޯރުން ވިއްކަމުން އައި ޕާސްތާ ސޯސްއެއްގައި ހަލާލު ނޫން މާއްދާއެއް ހިމެނޭކަން އެނގުމާ އެކު އެސޯސް ވިއްކުން ހުއްޓާލައިފި އެވެ.

މިކަމާގުޅިގެން އެމްޔޫ ސްޓޯރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކަމްޕާނިއާ ބޮލޮނީސް ސޯސްއަކީ އަލަަށް އެތެރެ ކުރަން ފެށި ބްރޭންޑެއް ކަަމަށާއި އަދި އެ ސޯސް އުފެއްދުމަށް ބޭނުންކުރި މާއްދާތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަލާލު ނޫން ބާވަތްތަކެއް ހިމެނޭ ކަމުގެ މައުލޫމާތު ލިބުމާއެކު ސޯސް ވިއްކުން ހުއްޓާލައިފައިވާ ކަމަށެވެ.

އެކަން އެ ކުންފުނީގެ ސަމާލުކަމަށް އައުމާއެކު މުދާ ހަރުގަނޑުތަކުން ނަގައި ރީޓެއިލްކޮށް މި ސޯސްގަތް ފަރާތްތަކުގެ އަތުން މުދާ ނެގުމުގެ މަސައްކަތް މިހާރު ފަށައި ބަދަލު ދެމުން އަންނަ ކަމަށް ވެސް އެމްޔޫ ސްޓޯރުން ބުނެއެވެ. އެމްޔޫ ސްޓޯރުން ވަނީ އެކަމާ މާފަށް ވެސް އެދިފަ އެވެ.

ހޯލްސޭލްކޮށް އެމްޔޫ ސްޓޯރުން މި ސޯސް ގަނެފައިވާ މީހުންނަށް ރީފަންޑު ކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްޔޫ ސްޓޯރުން ބުންޏެވެ.

ކެމްޕޭގްނާގެ ބޮލޮނައިޒް ސޯސްއަކީ ޕާސްތާ ކެއްކުމުގައި އާއްމުކޮށް ބޭނުންކުރާ ސޯސްއެކެވެ. މި ސޯސް އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފުކުރީ ވަރަށް ފަހުންނެވެ.

މި ސޯސް ފުޅީގެ ފަހަތުގައި ސޯސް އުފައްދަން ބޭނުންކޮށްފައިވާ ތަކެތީގެ ތެރޭގައި އޫރު މަސް ހިމެނޭކަމަށް ޖަހާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top