އިންސާނާއަށް ލިބިފައިވާޚާއްޞަޞިފަތައް

Muslims-in-India.jpg

1- ދީން :
الدِّ يْن: މިއީ ވަރަށް ގިނަމާނަތައް އެކުލެވިގެންވާ ލަފުޒެކެވެ. އޭގެތެރޭގައި ކިޔަމަންތެރިކަން ކޮށްފައިވާ ޢަމަލަކަށްދެވޭ ޖަޒާ ޝަރީޢަތާއި، ޤާނޫނު، މަޛުހަބު، މިއްލަތް،ޝަރުޢީ ތަކުލީފުތައް ހިމެނެއެވެ.
ދީނެއްކަމުގައި އަޅުގަޑުމެން ޤަބޫލް ކުރަންޖެހޭނީ އިސްލާމް ދީނެވެ.

އިސްލާމްދީނަކީ ދުނިޔެވީ ކަންތައްތައް އިސްލާޙުކުރުމަށާއި، އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މާތްﷲ އެކަށައަޅުއްވާފައިވާ ދިރި އުޅުމުގެ ނިޒާމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {إِنَّ الدِّيْنَ عِنْدَ اللّه الإِسْلاَمِ} މާނައީ ”ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީއިސްލަމްދީނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {وَمَن يَبْتَغِ غَيْرَ‌ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَ‌ةِ مِنَ الْخَاسِرِ‌ينَ } މާނައީ: ”ދީނެއްގެގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރައްވާހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެތެރެއިންނެވެ.
2- އެހެން ހުރިހާ މަޚުލޫޤުންނަށްވުރެ އިންސާނާ މާތްކުރެއްވުން:
އާދަމުގެފާނަށް ލިބިގެންވާ މާތްކަމުގެ ތެރޭގައި އެކަލޭގެފާނު އެންމެ ރިވެތި ސޫރާގައި އުފެއްދެވުން، އަދި މާތްﷲ އުފެއްދެވި މަޚްލޫޤުންގެ މައްޗަށް އިންސާނާ މާތްކަން ދެއްވާ އޭނާގެ ދަރަޖަ އުފުއްލިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ كَرَّ‌مْنَا بَنِي آدَمَ) މާނައީ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. (އިސްރާއު 70)

3- މަލާއިކަތްބޭކަލުން އާދަމުގެފާނަށް ސަޖިދަ ޖެއްސެވުން:
އާދަމުގެފާނަށް ސަޖިދަ ޖެހުމަށް މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ‌ وَكَانَ مِنَ الْكَافِرِ‌ينَ } (ބަޤަރާ 34 ) މާނައީ: އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ! ފަހެ އިބްލީސް ފިޔަވައި އެމަލާއިކަތުން ސަޖިދަ ކުރެއްވޫއެވެ.”

4- އިންސާނުންނަށް ޢިލްމު އުނގަންނަވައި ދެއްވުން:
އާދަމުގެފާނަށް ދިރިހުރި ހުރިހާ ތަކެތީގެ ނަންތައް ދަސްކޮށްދެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. { وعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا } (ބަޤަރާ 31) މާނައީ: ” އަދި އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނައި ދެއްވިއެވެ” މީގެ މާނައަކީ ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތެވެ.”
އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ”މަލާއިކަތްބޭކަލުންނަށްވުރެ މުއުމިނުން މާތްﷲ ގެ ޙަޟުރަތުގައި މާތްކަން ބޮޑުވެގެންވެއެވެ.

އިސްލާމްދީނަކީ ތަޢުލމުގެ ދީނެވެ. އިސްލާމްދީ ޤަބޫލުކުރާ މީހުންނަށް ގޮވާލަނީ ކިޔަވައިގެން ތިބި ބަޔަކަށް ވުމަށެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި ސޫރަތުގައިވެސް ގޮވާލައްވާފައިވަނީ ޢިލްމަށެވެ. ރަސޫލޫﷲ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. فقيه واحد أشدّ على الشيطان من ألف عابد) (ތިރުމިޒީ) މާނައީ: ”އެންމެ ޢިލްމުވެރިޔަކީ އެންހާސް އަޅުވެރިންނަށްވުރެ ޝައިޠާނާގެ މައްޗަށް ގަދފަދަވެގެންވާ މީހެކެވެ. އަދި ހަމައެހެންމެ އަޅުވެރިޔާއަށްވުރެ ޢިލްމުވެރިޔާ 70 ދަރަޖަ މަތިވެރިވެގެންވެއެވެ. (أطلب العلم من المهد إلى اللحد) މާނައީ: އެންމެ ޅަފަތުގެ ދާންމަތިން ފެށިގެން ކައްވަޅަށް ދަންދެން ޢިލްމު އުނގެނޭށެވެ”

5- ޚަލީފާއެއްގެ ގޮތުގައި ލެއްވުން:
ބިމުގެ ޚަލީފާއެއްގެ ގޮތުގައި ލެއްވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. { وَإِذْ قَالَ رَ‌بُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْ‌ضِ خَلِيفَةً } (ބަޤަރާ 28) މާނައީ: ” ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގެ ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ!”

6- އަމާނާތްތެރިއަކު ކަމުގައިލެއްވުން:
 އަމާނާތްތެރިކަމަކީ ޚިޔާނާތުގެ އިދިކޮޅެވެ. އެންމެ ބޮޑު އަމާނާތަކީ ދީނެވެ. އެއީ އެދީނުގައި އަންގަވާފައިވާގޮތަށް އުޅުމާއި، ދީން އެހެންމީހުންނަށް ފޯރުކޮށްދިނުމެވެ. عن أبي هريرة –رضي الله عنه- قال : قال صلى الله عليه وسلم: (إذا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ، قال: وَكَيفَ إِضَاعَتُها يارسول الله؟ قال: إِذَا اُسْنِدَ الأَمْرُ إِلىَ غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَة)މާނައީ: ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ފަހެ ޤިޔާމާތަށް އިންތިޒާރުކުރާށެވެ.” ސުވާލުކުރެއްވިއެވެ. ﷲގެ ރަސޫލާއެވެ! އަމާނާތް ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ކަންކަން އެކަމުގެ އަހުލުވެރިން ނޫން މީހުންނާ ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ.”
ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا) (النساء: 58) މާނައީ: “ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ.” އަމާނާތްތެރިކަމަކީ މުއުމިނުންގެ ޞިފައެއް ކަން ބަޔާންކުރައްވާފައިވެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَ‌اعُونَ))(المؤمنون: 8) މާނައީ: “އަދި އެއުރެންނީ އެއުރެންގެ أمانة ތަކަށާއި އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ ” ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (أدِّ الأمانة إلى مَن ائتمنك، ولا تَخُن مَن خانك)މާނައީ: “ތިބާއަށް އަމާނާތް ޙަވާލުކުރިމީހަކަށް އަމާނާތް އަދާކުރާށެވެ. އަދި ތިބާއަށް ޚިޔާނާތް ތެރިވިމީހަކަށް ޚިޔާނާތްތެރިނުވާށެވެ.”
އިންސާނުންގެ ޢާއްމު ބައެއް ނުރަގަޅު ސިފަތައް 

1- ޝުކުރު ނުކުރުމާއި ފަޚުރުވެރިވެ ބޮޑާވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَئِنْ أَذَقْنَاهُ نَعْمَاء بَعْدَ ضَرَّاء مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ فَخُورٌ} (ހޫދު: 10) މާނައީ: ” އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ.

2- ޖަދަލުކުރުން ގިނަވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ وَكَانَ الإِنسَانُ أَكْثَرَ شَيْءٍ جَدَلاً} (އަލްކަހުފު: 54) މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآن ގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثال ބަޔާންކުރެއްވީމެވެ. އަދި جدل ކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ. ”

3- ދެކޮޅުވެރިވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {أَوَلَمْ يَرَ الإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ} (ޔާސީން: 77) މާނައީ: ” ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.

4 ދަހިވެތިވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {قُل لَّوْ أَنتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَّأَمْسَكْتُمْ خَشْيَةَ الإِنفَاقِ وَكَانَ الإِنسَانُ قَتُورًا} (އަލްއިސްރާ: 100) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ. ”

5- އަވަސްކަން އެދުމާއި ކެތްތެރިކަން ކުޑަވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {إِنَّ الْإِنسَانَ خُلِقَ هَلُوعًا * إِذَا مَسَّهُ الشَّرُّ جَزُوعًا * وَإِذَا مَسَّهُ الْخَيْرُ مَنُوعًا} (المعارج : 19–21) މާނައީ: ” ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ. އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ.

6- ދެރަކަމެއް ދިމާވާހިނދު ފޫހިވެ ނާއުންމީދުވުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {لا يَسْأَمُ الإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ} (ފުއްޞިލަތު: 49) މާނައީ: ” ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. ”

7- އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައި ދިއުން :
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {كَلاَّ إِنَّ الإِنسَانَ لَيَطْغَى} (އަލްޢަލަޤު: 6) މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. ”

8- އިންސާނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ ﷲ سبحانه وتعالى އަށް އެދި ގޮވައެވެ. އަދި އެކަން ހަމަ ފިލައި ދިއުމާއެކު އެކަލާނގެ މަތިން ހަނދުމަނެތިކޮށްލައެވެ.

ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. {وَإِذَا مَسَّ الإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلاً إِنَّكَ مِنْ أَصْحَابِ النَّارِ} (الزمر:8) މާނައީ: ” އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވެ دعاء ކުރެތެވެ. ދެން، އޭނާއަށް نعمة އެއް ދެއްވައިފިނަމަ، އެފަރާތަކަށް އޭނާ دعاء ކޮށް އުޅުނުފަރާތް (އެބަހީ: اللَّه) ހަނދާން ނައްތައިލައެވެ. އަދި اللَّه އަށް شريك ންތަކެއްލައެވެ. އެއީ އެކަލާނގެ މަގުން (މީހުން) ފުރެއްދުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ.

ﷲ سبحانه وتعالى ގެ ނިޢުމަތްތައް ލިބުމަށްފަހު އިންސާނާގެ ޙާލު ހުންނަގޮތް ދެކިބަލާށެވެ! އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ} (فصلت: 51) މާނައީ: ” އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ.(ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top