ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެނީ

CCCB8E26-9475-43CD-BCA0-7F50082418A9.jpeg

ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުން.. ފޮޓޯ/ އެމްޑަބްލިއުއެސްސީ

ބ. ގޮއިދޫގައި އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބަހައްޓަން އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން، ގޮއިދޫގައި ދިހަ ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ބޮޑުބައިވެސް މިހާރު ވަނީ ނިމިފައެވެ.

ގޮއިދޫގެ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން އަށް ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް މުޅިން ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ބޮޑުބައެއް ނިމި، މިހާރު ކުރަމުން ގެންދަނީ ސީ އައުޓްފޯލް ގާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތަކެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫއުގެ އަގަކީ 46,304,686.85 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top