ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެ: މެޓް

IMG_20210113_064552417.jpg

އޭދަފުށި. މޫސުން ގޯސް ދުވަހެއް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް )އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވައި ގަދަވެ ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ތިން ދުވަހު ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރަން ވެސް މެޓުން ވަނީ އެދިފައި ވެއެވެ.

މިއަދު ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާލާއިރު އުތުރުގެ އެކި ހިސާބުތަކަށް ގުގުރާނެކަމަށާއި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 7 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

މިހާރު މި ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ ވިހާ ނަކަތެވެ. މިއީ އާންމު ކޮށް އަވިދޭ އަދި ވާރޭ މަދުން ވެހޭ ނަކަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top