ރ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި!

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

މިހާރު ކުރަމުން މިދާ ވިއްސާރައިގާ މޫސުން ގޯސްވުމުގެ ސަބަބުން ރ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވައިޓްއެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ( މެޓް އޮފީސް) އިން މި ސަރަހައްދަށް ވައިޓްއެލާޓް ނެރެފައިވަނީ މިއަދު 11 އިން ފެށިގެން ހަވިރު ހަތަރެއް ޖެހުމާ ހަމައަށެވެ. މެޓްއޮފީހުން ބުނި ގޮތުގައި މިސަރަހައްދުގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

ވައިޓް އެލާޓްގެ ވަގުތުތަކުގައި ގުގުރައި ބޯކޮށް ވާރޭވެހުމާ އެކު ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފުންވެސް ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top