ބ.ފުޅަދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ފުޅަދޫގައި އަލަށް އިމާތާރް ކުރި އިންޖީނުގޭގެ މަސައްކަތް ނިމި, އައު އިންޖީނުގެއިން އެ ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް މި މަހު 15 ގައި ދޭން ފެށިފައިވާކަން އުފަލާއެކު ފާހަގަކުރާކަމުގައެވެ.
250 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން އެރަށަށް ކަރަންޓުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން ދޭން ފެށުމުން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަށް ހައްލެއް ލިބިގެން ދާނެކަމަށް ފުޅަދޫ ކައުންސިލުން ބުނެއެވެ.
ފެނަކަ، ފުޅަދޫ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު މުހައްމަދު ޝާނީޒްވެސް ވިދާޅުވީ ފުޅަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ އިންޖީނުން ކަރަންޓު ދޭން ފެށުމުން މުޅިން ހައްލު ވާނެ ކަމަށެވެ.
”މިހާރު އެވްރެޖް ބޭނުން ކުރެވެނީ 160 ކިލޯވޯޓު ކަމަށާ އެެހެންވީމާ އަލަށް ލިބުނު ޖެނެރޭޓަރާއެކު ފުޅަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މުޅިން ހައްލު ވެގެންދާނެ. ” ޝާނީޒް ވިދާޅުވި އެވެ
އާބާދީގައި ގާތްގަނޑަކަށް 360މީހުން ދިރިއުޅޭ ފުޅަދުއަށް ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރަނީ 128 ކިލޯވޯޓުގެ ޖެނެރޭޓަރަކާއި 160 ކިލޯވޯޓުގެ ޖެނެރޭޓަރެކެވެ.
ފުޅަދޫގެ އިތުރުން ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެނަކައިން މިހާރުވެސް ދަނީ އާއިންޖީނުގެ ތައް އަޅައި ބައެއް ރަށްރަށުގެ ކަރަންޓު ވިއުގާ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކަ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.