ސަލީމް އަމީރަށް: ގައުމުގެ ހާލަތު ރަނގަޅުކުރެވޭތޯ ބައްލަވާ! މިއޮއް ބަނޑަށްޖެހެނީ

624630053-1.jpg

ފިނޭންސް މިނިސްޓަރު އަމީރަކީ އިގްތިސާދު އެނގޭ ބޭފުޅެއް ނޫން ކަމަށާއި އިގްތިސާދުގެ ވާހަކަ ނުދައްކަވާ ގައުމުގެ ހާލަތު ރަނގަޅު ކުރެވޭތޯ ބެލުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

“ގައުމުގެ ހާލަތު ރަނގަޅު ކުރެވޭތޯ ބައްލަވާ، މިއޮތް ބަނޑަށް ޖެހެނީ” ސަލީމް ވިދާޅުވި އެވެ.

ޖީއެމްއާރް އަތުން އެއާޕޯޓު އަތުލާފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދޭށެވެ.

މިނިސްޓަރު އަމީރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

“މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި” އަމީރު ވިދާޅުވި އެވެ.

އެއާޕޯޓް އަތުލުމަކީ ކުރީގެ ސަރުކާރުން ހިންގި ޖަރީމާއެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރ ސިފަ ކުރެއްވި ހިސާބުން ގިނަ ބަޔަކު ދަނީ އަމީރަށް ފާޑު ކިޔަމުންނެވެ. އަދި ފިނޭންސް މިނިސްޓަރުގެ ވިސްނުންފުޅު ވަރަށް ކޮށިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ނަމަވެސް އެއަރޕޯޓް ޖީއެމްއާރަށް ދިންއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅަށް ތައުރީފް ކުރައްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top