
ޖިއްދާއިން ހަރަމްފުޅަށާއި މަދީނާއަށް ދިއުމަށް ސައޫދީން އަލަށް ތައާރަފްކުރި ހައިސްޕީޑް ރޭލު. މިރޭލު ގަޑިއަކު 230 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރޭ.ފޮޓޯ ސައުދީ ގެޒެޓް
ވިހި ސައޫދީ ރިޔާލަށް ޖިއްދާއިން މައްކާގެ ހަރަމްފުޅަށް ދަތުރުކުރެވޭ ހައިސްޕީޑް ރޭލުގެ ޚިދުމަތް ސައުދީ ސަރުކާރުން ފަށައިފިއެވެ.”މިއީ ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް އެންމެ އަގުހެޔޮކޮށް ހައި ސްޕީޑް ރޭލުގައި ދަތުރު ކުރެވޭނެއަގ.ު” ސައޫދީ ރޭލްވޭ އޮގަނައިޒޭޝަންގެ އޮފިޝަލަކު ވިދާޅުވިކަމަށް ސައޫދީ ގެޒެޓްގައި ވެއެވެ.
މި ދެމެދުގައި (ޖިއްދާއިން ހަރަމްފުޅާދެމެދު އަދި ހަރަމްފުޅުން ޖިއްދާއާދެމެދު) ދަތުރުކުރުމަށް ސައުދީ ރެއިލްވޭއިން ގަޑިއަކު ހަތްރޭލު އަދި ގަޑިއަކު ދެރޭލު މައްކާއިން މަދީނާއަށް ދިއުމަށް ހަމަޖައްސާފައި ވެއެވެ.
ދަތުރުވެރިންގެ ރައްކާތެރިކަމާއި ހިތްހަމަޖެހުން ޔަގީން ކުރުމުގެ ގޮތުން މި ހައިސްޕީޑް ރޭލުތަކުގެ ތަޖްރިބާ ދަތުރުތައް ވަނީ ދިހަ މަސްދުވަހުގެ ކުރިން ފަށާފައެވެ.
ތަޖްރިބާގެ ދަތުރުތަކަށްފަހު އަލަށް ތައާރަފްކުރި މިރޭލުގެ ދަތުރުތަކުގެ ސަބަބުން ހައްޖަށާއި އުމުރާއަށް އަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކާއި ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިގެން ދާނެކަމަށްސައުދީ ރެއިލްވޭއިން އުއްމީދު ކުރެއެވެ.
މި ހައިސްޕީޑް ރޭލު ގަޑިއަކު 230 ކިލޯމީޓަރުގެބާރު ދުވެލީގައި ދަތުރުކުރާލަމަށް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.