އޭދަފުށީ ކޮވިޑް ސެންޓަރުގައި 9 މީހުން

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އުތުރުގެ އަތޮޅުތަކުގެ ތެރެއިން ނ، ރ، ބ، ޅ  އަތޮޅު ހިމެނޭ ސަރަހައްދަށް ޚާއްސަކޮށް ކޮވިޑް އަށް ފަރުވާ ދިނުމަށް ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ކޮވިޑް ސެންޓަރުގައި 9 މީހުން އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ ބިދޭސީ އެއްވެސް ހިމެނޭ ގޮތަށް 5 އަންހެނުންނާއި 4 ފިރިހެނުންނަށެވެ.

މި ނުވަ މީހުން ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭންފެށީ އެމީހުންގެ ހާލު އިތުރަށް ގޯސްވެދާނެފަދަ އަލާމާތްތައް ފެންނަމުންދާތީ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

މިދުވަސްވަރު ކޮވިޑް އަށް ޕޮޒިޓިވް ވާމީހުން މާލެއާއި އަތޮޅުތެރޭގައިވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 23،838 އަށް އަރާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top