މާޅޮހުގައި ކޮވިޑް ފެތުރޭތީ ރައްޔިތުންގެ ކަންބޮޑުވުން

10351910_856590641042342_4808130220560346738_n.jpg

ބ.މާޅޮސް

މި ހިނގާ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ބ.މާޅޮހުން ކޮވިޑް ފެނުމަށްފަހު އަދަދުތައް ދުވަހުން ދުވަހުން މައްޗަށް ދާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި ކަން ކައުންސިލުން ބުނެފި އެވެ.

މާޅޮހުގެ ސިއްހީ މަރުކަޒުން ހާމަކުރި ތަފާސް ހިސާބަށް ބަލާ އިރު، މިހައިތަނަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މިއަދާހަމައަށް 264 ސާމްޕަލް ނަގާފައިވާއިރު ނެގެޓިވްކަމަށް ދައްކަނީ 232 ސާމްޕަލެވެ. 44 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ. 

ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފިރާގު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޕޮޒިޓިވް ވާ ފަރާތްތައް ކަރަންޓީނު ކުރަމުން އަންނަކަމަށެވެ.

”ރައްޔިތުންގެ މެދުގައި ހޭލުން ތެރިކަން އިތުރު ކުރުމަށްޓަކައި ސްޕިިީކަރުން ރަށުތެރޭގައި އެޗްޕީއޭގެ ގައިޑް ލައިންތަކަށް ތަބާވުމަށް މިދަނީ ގޮވަމުން. އަދި ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން.“ އޭނާ ވިދާޅުވި އެވެ.

ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ރައްޔިތުން ބޭރަށް ނިކުމެ ނޫޅުމަށާއި ބޭރުގައި އުޅޭވަގުތު މާސްކް އަޅައިގެން އުޅުމަށް ވެސް ކައުންސިލުން އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top