އޭ ލެވެލްގައި ފުރަތަމަ ހަދާ ، އެޑެކްސެލްގެ އޭ އެސް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޯބަރަށް ފަސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމާފައިވަނީ އަންނަ އަހަރުގެ މެއި ޖޫން ގައި އޭއެސް އިމްތިހާނު ބާއްވާށެވެ. ނަމަވެސް އަންނަ މަހުގެ 26 ގައި ގްރޭޑު 11 ފަށައި، މެއި މަހު އިމްތިހާނު ހެދުމަށް ދަރިވަރުންނަށް ފުރިހަމައަށް ތައްޔާރު ނުވެވޭނެ ކަމުގެ ކަންބޮޑުވުން އޮތީ ހިއްސާ ކޮށްފައެވެ.
އެހެންކަމުން އޭ އެސް އިމްތިހާނު އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ފަސްކުރީކަމަށް ބެލެވެއެވެ.
އަހަރެއްގެ ތެރޭގައި މާއްދާއެއް 180 ގަޑިއިރު ވަންދެން ކިޔަވައިދިނުމަށް އެޑެކްސެލް ރިކޮމެންޑް ކުރާއިރު މިނިސްޓްރީން އެންމެ ފުރަތަމަ ހަމަޖެއްސި ގޮތުން 100 ގަޑިއިރު ވެސް ހަމަނުވެއެވެ.