ދެޑޯޒް ހަމަ ނުކުރާ ގެސްޓުންނަށް ދެވޭނީ އަށް ރަށަކަށް

bjegRIqOgiZsWm656nhBT7JUzoDCAMaqDJus3XuQ-1.jpeg

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ކޮވިޑް ވެކްސިން ދެޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދެވޭނީ އެންމެ އަށް ރަށަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށް ރަށުގައި ހުންނަ ގެސްޓު ހައުސްތަކަށް ދެވޭނީ އެ ރަށްތަކުގައި ދިރިއުޅޭ މީހުން ވަކި އަދަދަކަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަމަށް އެޗްޕީއޭއިން ފަހުން އާންމު ކުރި ގައިޑްލައިންގައި ވެއެވެ.

އަދި އެރަށްރަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށް އަދި އެ ރަށްރަށުގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެ އެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން އެ ޝަރުތުތައް މިހާތަނަށް ފުރިހަމަވެފައިވަނީ އެންމެ އަށް ރަށެވެ.

މީގެތެރޭގައި ހިމެނެނީ އއ. އަތޮޅުގެ ފަސް ރަށަކާއި އދ. އަތޮޅުން ދެ ރަށާއި މާލެ އަތޮޅު މާފުުއްޓެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކޮންމެ ރަށަކަށް ވެސް ދެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top