ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބިއްޖެ: އެޗްޕީއޭ

978153-covishield.jpg

ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމެންޓެއް ލިބިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު ރޭ ވިދާޅުވީ ކޮވިޝިލްޑްގެ އިތުރު ޝިޕްމެންޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަދަދެއް ވިދާޅެއްނުވިއެވެ.

“ލިބިފައި ވަނީ ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ޖެހުން މެދުނުކެނޑި ކުރިއަށްދާ ވަރަށް. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ލިބޭނެ،” ތަސްލީމާ ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި ކޮވިޝިލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދޭން މާދަމާ ފަށާނެ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފައެވެ.

އިތުރު ވެކްސިން ލިބިފައިވާ އިރު، މި މަހުގެ 20ގެ ކުރިން އެސްޓްރާޒެނެކާގެ އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ މިދިޔަ ހުކުުރު ދުވަހާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top