ސަރުކާރުން ހުރިހާ ޚަރަދެއް ދޭގޮތަށް 18 ސްކޯލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔައެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ 18 ސްކޯލަޝިޕްގައި ހިމެނެނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ 7 ފުރުސަތެވެ.
މިސްކޮލާޝިޕްގެ ހުރިހާ ހަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސްފީ އަދި އިންޝުއަރެންސް) ހަމަޖައްސާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަ ކޮށްފައިވާ ސްކީމުގެ ދަށުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިޔާގެ ބެންގަލޫރްގައި ހުންނަ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގައެވެ. އަދި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިޔާގެ މަނިޕާލްގައި ހުންނަ މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަންގައެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެކިއުންތައް އެ މިނިސްޓްރީގެ ފޯޓަލް މެދުވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ އަންނަމަހުގެ 1ވަނަ ދުވަހެވެ.