ފުޅަދޫގައި ބީއެމްއެލްގެ އެޖެންޓް ބޭންކިން ޚިދުމަތް ދޭން ފަށައިފި

img_md_202106270546491624798009.196.jpeg

ބީއެމްއެލްގެ އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރަނީ / ފޮޓޯ: ބީއެމްއެލް

ބ.ފުޅަދޫ ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޖެންޓެއް ހަމަޖައްސައި އެެރަށުން އެޖެންޓް ބޭންކިން ޚިދުމަތް ދޭން ފަށައިފިއެވެ.

ފުޅަދޫ ހިމެނޭ ގޮތަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިތުރު 12 ރަށެއްގައި އެޖެންޓުން ހަމަޖައްސައި އެބޭންކުގެ ޚިދުމަތް ފުޅާ ކޮށްފައެވެ.

ބީއެމްއެލްއިން ބުނީ، އިތުރު 12 ރަށެއްގައި ބޭންކުގެ އޭޖެންޓުން ހަމަޖެއްސުމާއި އެކު މިހާރު ޖުމްލަ 62 އޭޖެންޓުން ރާއްޖޭގައި ތިބޭނެ ކަމަށާއި އޭޖެންޓުންގެ ފަރާތުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން އަދި ލޯނުތަކަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ހަމައެއާއެކު މި އެޖެންޓުން މެދުވެރިކޮށް ކޮންމެ ދުވަހަކު 10،000 ރުފިޔާ ޖަމާ ކުރެވޭނެ ކަމަށާއި އަދި ދުވާލަކު 2،000 ރުފިޔާ ނެގޭނެ ކަމަށާ މިޚިދުމަތް ހޯދާއިރު އިތުރު އަގެއް ނުނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އޭޖެންޓް ބޭންކިން ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ބޭންކުގެ ޚިދުމަތް ލިބެން ނުހުންނަ ރަށްރަށުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

އެގޮތުން ފައިސާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދޭ 200 އަށްވުރެ ގިނަ އޭޖެންޓުން ތިބޭނެ ކަމަށާއި އަދި ފައިސާ ޖަމާކޮށް އިތުރު ހިދުމަތް ފޯރުކޮށްދޭ 60 އަށްވުރެ ގިނަ އޭޖެންޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭއިރު މި ހުރިހާ އެޖެންޓުން ވެސް ޚިދުމަތް ފޯރުކޮށްދެނީ އިތުރު އަގަކާއި ނުލާ ހިލޭ ކަމަށް ބީއެމްއެލުން އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top