އޭދަފުއްޓަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަލީވަހީދު ކަތީބު ނިޔާވެއްޖެ!

viber_image_2021-05-29_20-59-37.jpg

ރައީސް މައުމޫން އޭދަފުއްޓަށް ކުރެއްވި ޒިޔާރަތެއްގައި އަރިހުގައި އަލީވަހީދު(ވާތް ފަރާތުގައި)

ބ.އޭދަފުއްޓަށް ގިނަ އަހަރުތަކެއްގައި ވަރަށް ގިނަ ޚިދުމަތް ތަކެއް ތަފާތު އެކި ދާއިރާތަކުން ކޮށްދެއްވި އޭދަފުށީ ބުލްބުލާގޭ އަލީވަހީދު ކަތީބު މިއަދު ހަވީރު ނިޔާވެއްޖެ އެވެ.

އަލީވަހީދު ކަތީބު ނިޔާވީ ގިނަދުވަސް ތަކެއްގައި ބަލިވެ އުޅުއްވުމަށްފަހު އަމިއްލަ ގޭގައި އުމުރުން 77 އަހަރުގަ އެވެ.

އަލީވަހީދުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެފާހަގަ ކުރެވޭ އެއް ޚިދުމަތަކީ އޭދަފުށީގައި ފުޓްބޯޅައިގެ ޖީލެއް އުފެއްދެވުމެވެ. އެރޮނގުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އޭދަފުށީ ބސމދ ޖަމިއްޔާ ވަނީ މާލޭގެ ބޮޑެތި ޓީމްތަކާ ވާދަކޮށް ބޮޑެތި ކާމިޔާބު ތަކެއް ހޯދައި ކެޕްޓަން އަލީވަހީދުގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވެފައެވެ.

އޭދަފުށީގެ ފުޓްބޯޅައިގެ ލެޖެންޑްގެ ގޮތުގައި ފާހަގަކުރާ އަލީވަހީދު، ފުޓްބޯޅައިގެ ކެރިއަރުގެ އުސްއަލި ތަކުގެ ތެރޭގައި 1972ވަނަ އަހަރު އިނގިރޭސި ރާނީ މާލެ ވަޑައިގެން ރާނީގެ ޝަރަފްގައި އެކަމަނާ މާލެވަޑައިގަތް މަނަވަރު ”ބްރިޓޭނިޔާ” ޓީމާއި ވާދަކުރުމަށް މުޅި ރާއްޖެއިން ހޮވާލެވުނު ގަދަ 11 ގެ ޓީމުގައި ހިމެނި އެ މެޗުން މޮޅުވުމުގައި އަލީ ވަހީދުގެ ހިއްސާ ބޮޑުކަން އެދުވަސްވަރު ނުކުތް ނޫސްތަކުން ފާހަގަކުރިއެވެ.

އަލީ ވަހީދު ވަނީ އޭދަފުށީގެ ކަތީބު ކަމާއި މުދިން ކަމުގެ އިތުރުން އޭދަފުށީ މަދްރަސަތުލް ބަހިއްޔާގެ މުދައްރިސްކަން ކުރައްވައި ގިނަ ދަރިވަރުންތަކަކަށް ތައުލީމު ހޯއްދަވައިދެއްވުމުގައިވެސް ގިނަ އަހަރުތަކެއް ހޭދަކުރައްވާފަ އެވެ. ހަމައެއާއެކު އޭނާގެ ގޭގައިވެސްްު އެއްވެސް ފީއަކާ ނުލާ ރަށުގެ ގިނަ ކުދިންތަކަކަށް ކީރިތި ޤުރްއާން ކިޔަވައިދެއްވަމުން ގެންދެވިއެވެ.

މަރުހޫމް އަލީވަހީދުގެ ޖަނާޒާގެ އެންމެހައި ކަންތައް މިހާރު ކުރިއަށް ދާއިރު މޫނު ދެއްކުމާއި ކަށުނަމާދު ކުރާ ވަގުތު އަދި އާއިލާއަކުން ނާންގަވައެވެ.

މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top