އޭދަފުށިން އިތުރު ދިހަމީހުން ކޮވިޑްއަށް ފައްސި!

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

އޭދަފުށިން އިތުރު 10މީހުން މިއަދު ކޮވިޑް އަށް ފައްސިވެ މިހާތަނަށް އޭދަފުށިން ކޮވިޑް އަށް ފައްސިވި މީހުންގެ ޖުމްލަ 109 އަށް އަރައިފިކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭދަފުށިން މިހާތަނަށް ނަގާފައިވާ 865 ސުންކުގެ ތެރެއިން 716 ސުންކު ނައްސި ވެފައިވާ އިރު އަދި ނަތީޖާ ނުލިބޭ 40 ސުންކު ވެއެވެ.

ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށިން ފުރަތަމަ ފައްސިވެފައިވަނި މި މަހު 19 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި އަންހެނެކެވެ. އޭގެ ފަހުން ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފަ އެވެ.

އެހެންވެ، އެރަށް މޮނީޓަރަށް ލައި އަރައިފޭބުން މަނާކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އޭދަފުށީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު ވޭތުވެ ދިޔަ 6 ދުވަހުގެ ތެރޭގައި ވަނީ ދެފަހަރެއްގެ ވަކި ތަރުތީބެއްނެތި ސުންކުތަކެއް ނަގާފަ އެވެ.

ރައްޔިތުންގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ރަށު ކައުންސިލުން ވަނީ ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ނުކުތަސް އެންމެ މީހަކު ނޫނީ ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ފިހާރަ ތަކާއި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top