އޭދަފުށީގައި ކޮވިޑް19 ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން މޮނިޓަރިންގ އަށް ލާފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ގްރޭޑް 9ން ފެށިގެން ދަށުގެ ކްލާސްތަކުގެ ކިޔެވުން މާދަމާއިން ފެށިގެން ނޯންނާނެ ކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ. އެހެންނަމަވެސް ގްރޭޑް 9ން ފެށިގެން މަތީކްލާސްތަކުގެ ކިޔެވުން އެޑިއުކޭޝަން މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ގަވާއިދުން އޮންނާނެ ކަމަށް ސްކޫލުން ބުންޏެވެ.
އޭދަފުށިން ކޮވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިގެން މިއަދުން ފެށިގެން އެރަށް ވަނީ މޮނިޓަރިން ގައެވެ. މިހާލަތުގައިރަށަށް އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ.
ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 70 އެވެ.