މަސްވެރި އުޅަނދުތަކުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

dfgd.jpg

އޭދަފުށި ބަނދަރުގައި އޮތް ދޯންޏަކުން މަސްވިއްކަނީ. :އީވީ ފައިލް ފޮޓޯ

ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދީފިއެވެ.

މިކަމާބެހޜ ގޮތުން ފިޝަރީޒް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިންނާއި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަވާ ކަމަށެވެ.

ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި މިހާރު ވެސް ބިދޭސީން ގައިވައިދާ ހިލާފަށް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ ގަވައިދާ ހިލާފަށް ބިދޭސިން ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވައިދާ ހިލާފު މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ އާންމު ގަވައިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާ ގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތްކުރަން ހޯދާ ވޯކް ޕާމިޓެއްގެ ދަށުން ދެ ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސިންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ. އަދި ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭނީ ހަމަ އެކަނި އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މަސްވެރިކަމުގެ ސިނާއަތަށް މި ގެނެވުނު ބަދަލަކީ މުޅި ސިނާއަތުގެ މަންފާއަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅުއެޅީ އޮޑިވެރިންނާއި ސިނާއަތުގެ މަސައްކަތްތެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ފިޝަރީޒް އިން ބުނީ މަސްވެރި އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ބިދޭސިންނަކީ ގަވައިދާ އެއްގޮތަށް ސައްހަ ލިޔެކިޔުން އޮންނަ މީހުންކަން ޔަގީންކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top