ކަނޑައަޅާފައިވާގޮތަށް މުބާރާތްތައް ކުރިއަށްދާނެ- ބައްޓޭ

މުހައްމަދު ޒާހިދު (ބައްޓޭ(

މުހައްމަދު ޒާހިދު (ބައްޓޭ(

އަންނަ އަޟްހާއީދުގެ މުނާސަބަތުގައި އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން “ޔާމީން 2018 ” ގެ ނަމުގައި ބާއްވަން ކަނޑައަޅާފައިވާ ފުޓްބޯޅަ މުބާރާތާއި މެޑަމް ފާތުމަތު އިބްރާހީމްގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ ބަށި މުބާރާތަށް އެއްވެސް ބަދަލެއްނާންނާކަމާ ހަމަޖެހިފައިވާގޮތަށް އެތާރީޚުގައި މުބާރާތްތައް ކުރިއަށް ދާނެކަމުގައި އެކްލަބްގެ ފަރާތުން މުހައްމަދު ޒާހިދު (ބައްޓޭ ) ވިދާޅުވެއްޖެއެވެ.

ބައްޓޭ މިހެން ވިދާޅުވީ ބައެއްފަރާތްތަކުން އެ މުބާރާތް އެގޮތަށް ނުބޭއްވޭނެކަމުގައި އަޑުތައް ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ބައްޓޭ ވިދާޅުވީ މީހަކު ދައްކާހާ ވާހަކައަކީ އަހަން ޖެހޭނެ ވާހަކަތަކެއްނޫންކަމާއި މިމުބާރާތަށް ބަދަލެއްއައި ނަމަ އެކަން އެންމެ އެމީހުން އިއުލާނު ކުރާނެކަމުގައެވެ. އަދި މިއީ ސުވާލެއްއޮތްކަމެއްނޫންކަމާއި މި މުބާރާތްތަކަކީ ވަރަށް ޚާއްސަ މަގްސަދެއްގައި ޚާއްސަ މުނާސަބަތަކަށް ނިސްބަތްކުރެވޭ ކަމަކަށް ވާތީ އެކަމުގައި ޝައްކުކުރެވޭނެ ޖާގައެއް ނެތްކަމުގައެވެ.

ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި “ޔާމީން 2018” ގެ ނަމުގައި އޮންނަ ފުޓްބޯޅަމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000ރ. އަދި ބަށި މުބާރާތުގެ ޗެމްޕިއަންޓީމަށް 10000ރ. އާއި ރަނަރއަޕް ޓީމަށް 5000ރ. ގެ އިތުރުން ބަށި ރާނީ އަށްވެސް އިނާމު ކަނޑައަޅާފައވެއެވެ.

މިމުބާރާތްތައް އޮންނާނީ އަންނަ އަޟްހާއީދުގައި އޭދަފުށީގައެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top