އިމްތިޔާޒްގެ ފިލްމެއްގައި ރަންބީރުއާއެކު އަދިވެސް މަސައްކަތްކުރަން ބޭނުން: ދީޕިކާ

ދީޕިކާއާއި ރަންބީރު، ޔޭޖަވާނީހޭ ދީވާނީ ގައި

ދީޕިކާއާއި ރަންބީރު، ޔޭޖަވާނީހޭ ދީވާނީ ގައި

ދީޕިކާޕަޑްކޯން އާއި ރަންބީރުކަޕޫރުގެ ފިލްމް ޔޭޖަވާނީހޭ ދިވާނީ އަށް ފަހު އިމްތިޔާޒްއަލީގެ އަންނަންއޮތް ފިލްމް ތަމާޝާ ގައި މި ދެތަރިންގެ ކެމިސްޓްރީ ފެންނާކަށް ދެން މާގިނަ ދުވަހެއް ނުވާނެއެވެ. ފިލްމގެ ޝޫޓިންގް ނިމުމަށްފަހު ދެވަނަ ފަހަރަށް ރީޝޫޓްކުރަންޖެހުނު މަންޒަރުތައްވެސް މިހާރުވަނީ ނަގާނިމިފައެވެ.

ފިލްމާބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ދީޕިކގެ ވާހަކަތައް ބޮޑަށް އަމާޒުކޮށްފައިވަނީ ރަންބީރުއާއެވެ. ރަންބީރުއާ ބެހޭގޮތުން ބުނެފައިވަނީ އޭނާ ގަބޫލުކުރާގޮތުގައި ކޮންމެ ފިލްމީ ތަރިއެއްގެވެސް ފިލްމީ ހަޔާތުގައި ކާމިޔާބާ ނާކާމިޔާބަކީ ކުރިމަތިލާންޖެހޭނެ ކަންތައް ކަމުގައި ގަބޫލުކުރަންވާނެކަމުގައެވެ. އެކަމަކު އޭނާ ގަބޫލުކުރަނީ ރަންބީރަކީ ބިޔަ ސްޓާރެއްކަމުގައެވެ.

“ރަންބީރުވަނީ އިމްތިޔާޒްއަލީ އާއެކު ރޮކްސްޓާރގައި މަސައްކަތް ކޮށްފަ. އަހަރެން އިމްތިޔާޒްގެ “ލަވްއާޖްކަލް “ގައި މަސައްކަތް ކުރިން. އެއަށްފަހު ޔޭޖަވާނީހޭ ދިވާނީ އަދި ބަަޗްނާ އޭހަސީނާ ގައި ދެމީހުން އެކުގައި މަސައްކަތް ކޮށްގެން ރަނގަޅު އުފެއްދުންތަކެއްވާނީ ނެރެދީފަ. އެހެންވީމާ އަދިވެސް ބޭނުން މިޓީމާއެކު މަސައްކަތްކުރަން. ” ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނީ އިމްތިޔާޒްއަލީ އާއެކު ރަންބީރު އުޅޭ ފިލްމެއް ޑައިރެކްޓްކުރަން ބޭނުންކަމުގައެވެ.

“އަހަރެން ބޭނުން އިމްތިޔާޒްއާއެކު ރަންބީރު މަސައްކަތްކުރާ ފިލްމެއް ޑައިރެކްޓް ކުރަން. އެއީ އަހަރެންގެ ހުވަފެނެއް.” ދީޕިކާ އިތުރުކޮށްލިއެވެ.

އަހަރެމެން އެންމެންނަކީވެސް ރަހްމަތްތެރިންކަމާ އިމްތިޔާޒްއަލީގެ ފިލްމެއްގައި މަސައްކަތްކުރަންލިބުމަކީ އޭނާގެ ވަރަށް ބޮޑު އުފަލެއްކަމުގައި ބުނަމުން “ތަމާޝާ” އަކީ ކާމިޔާބު ފިލްމެއްކަމުގައި ވިޔަސް އެކަމުގައި މުޅި ޓީމް ހިމެނޭނެކަމާއި ނާކާމިޔަބު ވިޔަސް އެކަމުގައިވެސް އެންމެންގެ ޒިންމާވުން އޮންނަން ޖެހޭނެކަމަށް ދީޕިކާ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top