މިނިސްޓަރަކު ފެއިލް ވެއްޖެނަމަ އެ މިނިސްޓަރަކު ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ : ރައީސް ސޯލިހު

WhatsApp-Image-2021-03-10-at-16.30.25.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

މިނިސްޓަރަކު ފެއިލް ވެއްޖެނަމަ އެ މިނިސްޓަރަކު ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރު ހިންގުމަކީ އެތައް ރައްޔިތެއްގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށާއި، ވަޒީރެއްގެ އިތުބާރާއި ގުޅޭ ގޮތުން މަޖިލިސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިއްޖެ ނަމަ އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ 2008ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެގުމަށް އޭރުގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ނިންމުންތައް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
”އެކަން އަޅުގަނޑު ކުރަން ޖެހޭނެ. އެއީ އަޅުގަނޑުގެ އަމިއްލަ މަސައްކަތެއްނޫން މި ކުރަނީ. އަދި ހުރިހާ ވަޒީރުން ވެސް ހުރިހާ މުވައްޒަފުން ވެސް އަޅުގަނޑު ހިތުން ދެކެވަޑައިގަންނަވާނެ މި ކުރަނީ ރައްޔިތުންނަށް ކުރާ ޚިދުމަތެއް. އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށްވުރެ ކުރިމަތީގަ ކުރަން އޮތް މަސައްކަތް މާބޮޑު. އެހެންވީމަ އަޅުގަނޑު އަޅަންޖެހޭ.. ކުރަންޖެހޭ.. ނަގަންޖެހުނު ކޮންމެ ފިޔަވަޅެއް އިރާދަކުރެެއްވިއްޔާ ނަގާނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެފަހުން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅައި ވަކިކުރި މަލީހާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް މަލީހު ބޭނުންފުޅުވީ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީ ވުމަށް ކަމަށެވެ.

މަޖިލީހުގެ އެއްވެސް މެންބަރަކަށް ވަޒީރަކަށް އިތުބާރު ނެތް ކަމަށް ފާހަގަވެއްޖެ ނަމަ އެ މައްސަލަ އެއް އެމަނިކުފާނާއި ހިސާބަށް ގެނައުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top