ތުޅާދޫގައި އެއާޕޯޓެއް އަޅަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

122431191_2758210531117639_160591334987836337_n-1.jpg

ފޮޓޯ :ތުޅާދޫ އޮންލައިން

ބ،ތުޅާދޫގައި އެއާޕޯޓެއް އަޅަން ޝައުގުވެރިވާ ފަރާތް ތަކުން އެކަމަށް އެދި ހުށައެޅުމުގެ މުއްދަތު ފިނޭންސް އިތުރު ކޮށްފިއެވެ. ތުޅާދޫއާއެކު ރާއްޖޭގެ ހަތަރު ރަށެއަގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރު ކޮށްފަ އެވެ.

މި ހަތަރު ރަށުގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ މުއްދަތު ހުޅުވާލާފައި އޮތީ މިމަހު 15 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ އީއޯއައި ހުށަހެޅުމުގެ މުއްދަތު އަންނަ މާރިޗްމަހުގެ 1ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައިވަނީ ބުނެފަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅަން ނިންމި އިރު  މިއަތޮޅު ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ.

މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އޮތްއިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top