ދެހިތެއްގެ ދެމެދުގައި އުފެދޭ ވަރުގަދަ ލޯބި އޭގެ މަންޒިލާހަމައަށް ދިއުމަށް ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އެއީ ކިތަންމެ ނުރައްކާތެރިކަމެއްކަމަށްވިޔަސް އަދި އެއީ ކުރަން ހެޔޮނުވާވަރުގެ ކަމަކަށް ވިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެއީ ތިމާގެ ދީން ބަދަލުކުރަންކަމުގައި ވިޔަސް އެކަންވެސް ދެކެނީ އާދައިގެ ކަމެއްގެގޮތުގައެވެ. އިންސާނީ ތާރީޚް މިކަމަށް ހެކިދެއެވެ.
މިދަންނަވަނީ ލޯތްބަށްޓަކާ އެމީހުންގެ ދީން ބަދަލުކުރި ހިންދީ އެކްޓްރެސްއިންގެ ވާހަކައެވެ.
ހެމާމާލިނީ
ހެމާމާލިނީގެ ކައިވެންޏަށް އޭނާގެ އެންމެޒުވާންދުވަސްވަރު ހިންދީސިނަމާތަކުގައި ރަސްކަންކުރަމުންދިޔަ ސަންޖީވްކުމާރާއި ޖީތެންދްރާވެސް އެދުނެވެ.އެކަމަކު އޭނާ ކައިވެނިކުރަން ނިންމީ ދަރްމެންދްރާއާއެވެ. ދަރަމްއަކީ އޭރުވެސް މީހަކާ އިނދެގެންއުޅޭ މީހަކަށް ވާތީ ދަރޭގެ އަނބިމީހާ ޕްރަކާޝްކައުރު ވަރިވާން ބޭނުންނުވާތީ އެއީ ނުކުރެވޭނެކަމަކަށް ވިއެވެ. ހިންދޫ ދީނުގައި އޮންނަގޮތުން ހިންދޫއަކު އޭނާގެ އަނބިމީހާ ދުނިޔޭގައި ހުރިހާ ހިނދަކު ދެވަނަ ކައިވެންޏެއްނުކުރެވެއެވެ. އެހެންވީމާ ކައިވެނި ކުރެވެންއޮތް ހަމައެކަނި ގޮތަކީ ދީން ބަދަލުކުރުން ކަމަށް ވާތީ ދެމީހުންވެސް ނިންމީ ދީން ބަދަލުކުރުމަށެވެ. 1979ގައި ދެމީހުން އިސްލާމްވުމަށްފަހު ކައިވެނީ ކުރީއެވެ.
ނަރުގިސް
ނަރުގިސްދަތު ދުނިޔެއަށް އައީ މުސްލިމް އާއިލާއަކަށް މުސްލިމެއްގެ ގޮތުގައެވެ. އެކަމަކު އެކްޓަރ ސުނިލްދަތުއާ ލޯބީގެ ގޮތުން ގުޅި ކައިވެންޏާހަމައަސް ދިއުމުން ސުނިލްގެ އެދުމާއެކު އޭނާ ހިންދޫއަކަށް ބަދަލުވީއެވެ.
ޝަރްމީލާ ޓޭގޯރ
70ގެ އަހަރުތަކުގައި އެންމެ މަޝްހޫރު އެކްޓްރެސް ޗާރްމީލާ ހިންދީ ސިނަމާއަސް އައުމުގެ ކުރިން ކޮންމެވެސް ވަރަކަސް ބެންގާލީ ފިލްމުވެސް ކުޅުނެވެ. އެހެންނަމަވެސް ހިންދީ ފިލްމުތައްކުޅެެން ފެށުމާއެކު ބޮޑު މަޝްހޫރުކަމެއް ހޯދަމުން ދިޔައެވެ. ފިލްމީ ދުނިޔޭގެ ރަނިކަމުގެ މަގާމުގައި އިން ދުވަސްވަރު އޭނާވަނީ އިންޑިއަން ކްރިކެޓްކުޅުންތެރިޔާ މަޝްހޫރު ،ނަވާބް އަލީޚާންއާ ލޯބީގެ ގޮތުން ގުޅިފައެވެ. މިގުޅުން ކައިވެންޏާ ހަމައަށްދިއުމުން ލޯތްބަށްޓަކާ ޝަރްމީލާ އިސްލާމްދީން ގަބޫލުކުރީއެވެ.
އަމްރީތާސިންގ
ސައިފްއަލީޚާންގެ ކުރީގެ އަނބިމީހާ އަމްރީތާ ސިންގ ނިސްބަތްވަނީ ސިކް އާއިލާއަކަށެވެ. އޭނާ އިސްލާމްދީން ގަބޫލުކުރީ ސައިފަ އާއި ކައިވެނި ކުރުމަށް ޓާކައެވެ. އެކައިވެނި 13 އަހަރުވަންދެން ދެމިއޮތުމަސް ފަހު ރޫޅުނީއެވެ. ސައިފްއާ ވަކިވުމަށްފަހު އިސްލާމްދީން ދޫކޮށްލިކަމެއް އެނގިފައެއްނުވެއެވެ.
އައިޝާޓާކިއާ
އައިޝާ ކައިވެނިކޮށްފައިވަނީ ވަރަށްގިނަ ދުވަހު ރައްޓެހިވެގެން އުޅުނު މުސްލިމް ލޯބިވެރިޔާ ފަރްހާން އަޒްމީއާއެވެ. ފަރްހާނަކީ ރެސްޓޯރެންޓެއްހިންގާ މުއްސަނދިމީހެކެވެ. އެމީހުން ކައިވެނިކޮށްފައިވަނީއިސްލާމީ އުސޫލާ އެއްގޮތަށް އައިޝާ މުސްލިމަކަށްވުމަށްފަހުގައެވެ.
ނަޣްމާ
ނަޣްމާއަކީވެސް ލޯބީގެ ކުރިމަތީގައި ބަލިވި މީހެކެވެ. އޭނާގެ ލޯބިވެރިޔާއަކީ ކްރިސްޓިއަންއެކެވެ. ކައިވެންޏަށްފަހު އޭނާ ބަދަލުވީ ކްރިސްޓިއަނަކަށެވެ. އޭނާ ގަބޫލުކުރާގޮތުގައި ޖީސަސްއަކީ މުޅި ދުނިޔޭގެވެރިޔާއެވެ.
މަމްތާކުލްކަރާނީ
ކުރީގެ މަޝްހޫރު ރީތި ބަތަލާ މަމްތާއަކީ ލޯތްބަށްޓަކާ އިސްލާމްދީން ގަބޫލުކުރިމީހެކެވެ. އޭނާ އިނދެގެން އުޅެނީ ވިކީގޯސްވާމީ ކިޔާ މުސްލިމަކާއެވެ.