މައުލޫމާތާއި ތަޖްރިބާ ހޯދުމުގެ ދަތުރެއްގައި ބ. އަތޮޅު ހޮސްޕިޓަލްގެ އެކިދާއިރާތަކުން ނުވަމީހުންގެ ވަފްދެއް ސްރީލަންކާއަށް ދާގޮތަށް ހަމަޖެހިއްޖެކަމުގައި އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ހޮސްޕިޓަލްގެ ޑެޕިއުޓި މެނޭޖަރ މުހައްމަދު ރަޝީދު ދަތުރާބެހޭ މައުލޫމާތު އީވީއާ ހިއްސާކުރަމުން ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ ލަންކާގެޕަބްލިކްހެލްތު ދާއިރާ ހިނގާގޮތުގެ މައުލޫމާތު ހޯދުމާއި ލަންކާގެ ޓާރޝަރީ ހޮސްޕިޓަލްތަކާއި މެދުފަންތީގެ ހޮސްޕިޓަލްތަކަށްވެސް ޒިޔާރަތްކޮށް އެތަންތަން ހިނގާގޮތުގެ މައުލޫމާތު ހޯއްދެވުންކަމުގައެވެ. އެގޮތުން ލަންކާ ހޮސްޕިޓަލާ އާޝަރީ ހޮސްޕިޓަލް ގެ އިތުރުން މެދުފަންތީގެ ބައެއްހޮސްޕިޓަލްތަކަށްވެސް ޒިޔާރަތްކުރާގޮތަށް ވެސް ހަމަޖެހިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.
ނުވަ މީހުންގެ މައްޗަށްއެކުލެވޭ މި ވަފުދު ސްރީލަންކާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ގައެވެ. އެނބުރި އަންނާނީ 9ވަނަދުވަހުއެވެ.