އިންސޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑްލޯ އިންފޯސްޓްމަންޓް ސްޓަޑީސް (އައިލްސް) ގެ ޕޮލިސް އެކަޑަމީ އިން ފުލުހުންނަށް ހިންގާ އިންވެސްޓިގޭޝަން އޮފިސަރސްކޯހުގެ 27ވަނަބުރު އޭދަފުށީގައި ފެށިގެން ކުރިއަށްއެބަދެއެވެ.
އޭދަފުށީ މަލްޓިޕާޕަސްބިލްޑިންގގައި ކޯސް އިފްތިތާހް ކުރުމަށްބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އޭދަފުށީކައުންސިލްގެ ރައީސް އަލީވަހީދުއެވެ.
ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި މިފަދަ ކޯހެއް އޭދަފުށީގައި ހިންގަން ނިންމެވިކަމަށްޓަކާ ޝުކުރުއަދާކުރައްވާކަމަށާއި މި ކޯސް މިރަށުގައި ކުރިއަށްދާކަމީ މިރަށަށްލިބުނު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ޑިވިޜަނަލް އޮޕްރޭޝަން ކޮމާންޑްގެ ސައުތުވިންގްގެ ހެޑް ޗީފްސްޕްރިޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲއާ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރއޮފް ޕޮލިސް އަބްދުﷲނަސީރުގެ އިތުރުން ބ.އަތޮޅުކޮމާންޑަރ ވެސް ބައިވެރިވެވަޑައިގަތެވެ
5މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުގެ ފުރަތަމަ 3މަސްދުވަސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. ދެންއޮތް ދެމަސްދުވަސް ހޭދަކުރާނީ ކޯހުގެ ބައިވެރިން އިތުރު ތަޖްރިބާ ހޯދުމުގެގޮތުން ކުރިއަށްގެންދާ އެޓޭޗްމަންޓްގެ ގޮތުގައިކަމަށް ޕޮލިސް ލައިފުން ބުނެއެވެ.
މިކޯހުގައި 46 މީހުން ބައިވެރިވެފައިވާއިރު މިކޯހުގައި ތަހްގީގުކުރުމުގެ ގިނަމޮޑިއުލްތަކާ ފުލުހުންނާ ގުޅޭ ގާނޫނާ ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ ކޯޑްއޮފް ކޮންޑަކްޓް ފަދަ މޮޑިއުލްތައްވެސް ކިޔަވައިދެއްވައެވެ.